World Around You

Main Street Majeedee Magu - Male; Photo: Google

Main Street Majeedee Magu - Male; Photo: Google

ބޭރަށް ނިކުމެ އުޅޭއުޅުމުގައި އާދެޔާ ޚިލާފަށް ހޫނު ގަދަވާނަމަ، ހިޔާކޮޅު ކޮޅުގެ ފައިދާ ހޯދުމަކީ ކޮންމެ މީހަކުވެސް ބޭއިޚްތިޔާރުގައި ކުރަމުން އަންނަކަމެކެވެ.

މިއާއެކު ގަދަ ހޫނުގެ ސަބަބުން ބޮލުގައި ރިއްސާ މީހުންގެ ޢަދަދުވެސް އަންނަނީ އިތުރުވަމުންނެވެ.

ޑޮކްޓަރަށް ދައްކަން ނުދިޔަ ކަމުގައިވިނަމަވެސް، ދުވަހުގެ ކޮންމެވެސް ވަގުތެއްގައި ބޮލުގައި ނުރިއްސާ މީހަކު މަދޭ ދެންނެވިދާނެއެވެ.

ސައިންސްވެރިން ބުރަވާ ގޮތުގައި މިހާރު މިޢާންމުވަމުންދާ ބޮލުގައި ރިހުމާއި، އާދެޔާ ޚިލާފަށް ހޫނު ގަދަވަމުން ދިއުމާއި ގުޅުމެއްވެއެވެ.

ހަތްހާހެއްހާ މީހުންގެ މަޢުލޫމާތު ބޭނުންކޮށްގެން ނިއުރޮލޮޖީ ޖާނަލްގައި ޝާޢިއުކޮށްފައިވާ ދިރާސާއެއްގައި ބުނެފައިވަނީ، ފާއިތުވީ ހަ އަހަރު ދުވަހުގެ ތެރޭގައި ބޮސްޓަންގެ އެމާޖެންސީ ރޫމްތަކުގެ އެހީ ހޯދި މިމީހުންނަކީ ބޮލުގައި ރިއްސާތީ ދިޔަމީހުންކަމަށެވެ.

ދެތިން ދުވަހު، މިގަދަ އަވީގައި ޤަވައިދުން އުޅެން ވެއްޖެނަމަ، ގިނަ ފަހަރަށް ޑޮކްޓަރީ ބޭހެއްގެ އެހީ ހޯދުން މިއަދު މިވަނީ ޢާންމުވާން ފަށާފައިއެވެ.

ކަންމިހެން އޮތްއިރު، ދިވެހިންގެ ތެރޭގައި ކުޑަ ނަގައިގެން އުޅުމަކީ ވަކި ނަސްލެއްގެ ބަޔަކަށް ޚާއްޞަ ކުރެވިފައިވާ ކަމެއްކަމަށްބުނެ، ކުޑަ ނަގައިގެން މަގުމަތީގައި ހިނގަން ލަދުގަނެއެވެ.

ނަމަވެސް، ވަޒީފާ އަދާކުރާ ތަންތަނުގެ ހާޒިރީތަކުން ދައްކަނީ މުޅިން ތަފާތު ވާހަކައެކެވެ.

އޮފީހަށް ހާޒިރު ނުވެވުނީ ބޮލުގައި ރިއްސާތީއޭ ބުނަނީ، އަޅުގަނޑުމެންގެ ތެރެއިން ކިތައް ބޭފުޅުންތޯއެވެ!

ދުނިޔެ ހޫނުވަމުންދާ ވާހަކައަކީ އެންމެ އަޑުގަދަކޮށް ދެކެވޭ ވާހަކައެވެ.

ކަންމިހެން އޮތްއިރު ފިނިހޫނުމިން މައްޗަށްދާ ކޮންމެ ފަސް ޑީގްރީއެއްގެ ސަބަބުން، ހަތެއް ޕޮއިންޓް ފަހެއް އިންސައްތަޔަށް ބޮލުގެ ރިހުމުގެ ބިރުވެރިކަން ބޮޑުވެގެންދާކަމަށް ދިރާސާތަކުން ދައްކައެވެ.

ބޮލުގައި ރިއްސުން ހުންނަނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިންމެވެ. އަދި ތިމާގެ ބޮލުގައި ރިއްސާ އަސްލު ސަބަބަކީ ކޮބައިތޯ ރަނގަޅަށް ދެނެގަނެ، ސީދާ އެކަމަކަށް ފަރުވާ ހޯދުމަށް ސަމާލުވާންޖެހެއެވެ.

އާބަން ހީޓް އައިލޭންޑް އިފެކްޓް

Male' Areal View; Photo: Google

Male' Areal View; Photo: Google

އާބަން ހީޓް އައިލޭންޑް އިފެކްޓްއަކީ ރަށެއްގެ ވަށައިގެންވާ ސަރަޚައްދުތަކަށްވުރެ، އެ ރަށެއްގެ ފިނިހޫނުމިން މައްޗަށް ދިއުމެވެ.

ކަންމެހެން ވާނަމަ، ހޫނުގަދަވުމުގެ ސަބަބުން ފެތުރޭ ބަލިމަޑުކަން އިތުރުވުމުގެ ފުރުޞަތު ބޮޑުވެގެންދެއެވެ.

ކަންމިހެން މެދުވެރިވުމަށް ތަފާތު ސަބަބުތަކެއް ހުރޭ:
– މައިމަރުކަޒީ ރަށްތަކުގައި ބިންމަތީގައި އަޅާފައި ހުންނަ ގަލަކީ ފެންހަރުލުމުގެ ފުރުޞަތު ހަނި ގަލަކަށް ވާއިރު، ރަށްފުށުގެ ސަރަހައްދުތަކަކީ މިޑޮފައިޑް ޕޭވްމަންޓްގެ ބަދަލުގައި ޤުދުރަތީ ވެލިގަނޑު އޮންނަނަ ރަށްރަށަށްވުމުން، ބިމުގައި ތެތްކަން ހުރުމުގެ ފުރުޞަތު ބޮޑުވުން
– ރަށްތަކާއި ޚިލާފަށް މައިމަރުކަޒީ ރަށްރަށުގައި ކޮންކްރީޓް އިމާރާތްތައް ގިނަވުން
– މައިމަރުކަޒީ ރަށްތަކުގައި ޢިމާރާތްތައް އުސްވުމުން، ދުވާލުގެ ވަގުތުތަކުގައި ޢިމާރާތްތަކުގެ ދޭތެރޭގައި ހޫނު ރައްކާކުރުން ހިމެނެއެވެ.

Villingili Maldives- Paved Streets; Photo: Google

Villingili Maldives- Paved Streets; Photo: Google

އާބަން ހީޓް އައިލޭންޑް އިފެކްޓް ތިއަރީ ބުނާ ގޮތުން، ރަށްފުށުގެ ސަރަޚައްދުތަކަށްވުރެ، ބޮޑެތި މަރުކަޒީ ރަށްރަށުގެ ހޫނު ގަދައެވެ. މިކަން ދިވެހިރާއްޖޭގެ އަތޮޅުތަކުގައި ދެތިން ދުވަހު މަޑުކޮށްލުމަށްފަހު މާލެ އަންނަނ ކޮންމެ މީހަކަށްވެސް ފާހަގަކުރެވޭނެއެވެ.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: